Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފެނަކައިގެ އެމްޑީއަކަށް ލައްމާން

މުހައްމަދު ލައްމާން - ފޮޓޯ: މޯލްޑިވްސް ނިއުސް

ފެނަކަ ކޯޕޮރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ)ގެ މަޤާމަށް މުހައްމަދު ލައްމާން އައްޔަންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) ބޯޑުގެ ރައީސް، މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނިޒާރު ވިދާޅުވީ ޕީސީބީ އިން ފެނަކައިގެ އެމްޑީގެ މ. ހަޒާރީ، މުހައްމަދު ލައްމާން އައްޔަންކޮށްފައިވާ ކަމަށެވެ. މި ޚަބަރު ފެނަކަ ކޯޕޮރޭޝަންގެ ރަސްމީ ޓްވީޓާ އެކައުންޓް މެދުވެރިކޮށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަު އަހުމަދު ޝަރީފް އެމަޤާމުން އަމިއްލައަށް އިސްތިއުފާދިނުމާއި ގުޅިގެން ފެނަކަ ހިންގުމާއި ހަވާލުކޮށްފައިވަނީ ލައްމާނުއާއެވެ. އެގޮތުން އެ ކުންފުނީގެ ބޯޑުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމު އުފައްދައި، އެ މަގާމަށް ލައްމާން ހަމަޖެއްސީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.