ކުށުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ އެއާޕޯޓްގެ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭގެ މަސައްކަތް ނިންމާލާފައިވަނީ ރޭގަ އެވެ. މިހާރު ކުރިއަށް ދަނީ ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަޔާ ސްޓޭޝަން ހެދުމުގެ މަސައްކަތެވެ.
އެމްޓީސީސީ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި 19 ސެޕްޓެމްބަރު 2018 ވާ ބުދަ ދުވަހު އެ ރަންވޭގައި ޓެސްޓް ފްލައިޓް ޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން، ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް، ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ފަޅުން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.