Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ހިތަދޫގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި އެކު ޖޭޕީގެ ޖަގަހަ ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި އެކު ކުރިއަށްދާ ޚާއްސަ ހަފްލާއެއްގައި ޖުމްހޫރީ ޕާޓީގެ ހިތަދޫ ޖަގަހަ ހުޅުވައިފިއެވެ.

މި ޖަގަހަ ހުޅުވައިދެއްވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

ޖޭޕީ ޖަގަހަ ހުޅުވުމަށް ފަހު ކުރިއަށްދާ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވެސް ބައިވެރިވެވަޑައިގަންނަވެއެވެ.

މީގެ އިތުރުން ވެސް އިސްލާހަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން މިޖަލްސާގައި ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

ޖަލްސާއަށް ޖުމްހޫރީ ޕާޓީ ޖަގަހައިގެ ގޯތި ތެރެ އެއްކޮށް ފުރިފައިވާއިރު މަގުމަތީގައި ތިބެގެން ވެސް ގިނަ ބަޔަކު ދަނީ މި ޖަލްސާގައި ބައިވެރިވަމުންނެވެ.