Last Updated: April 18, 17:05
Thursday, April 18, 2024
ޚަބަރު

އައްޑޫ ރައްޔިތުން ކައިރީ ވޯޓު ދޭށޭ ބުނަން ޔާމީން ލަދުގަންނަން ޖެހޭ: ގާސިމް

އައްޑޫ ރައްޔިތުން ކައިރިއަށް ގޮސް ވޯޓު ދޭށޭ ބުނަން ރައީސް އަބްދުﷲ ޔާމީން ލަދުގަންނަން ޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިހާރު ހިތަދޫގައި ކުރިއަށްދާ ޖޭޕީގެ ޖަލްސާއެއްގެ ބައިވެރިންނާއި ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެެވެ.

ގާސިމް ވިދާޅުވީ އައްޑޫ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.

އަދި އައްޑޫ ރައްޔިތުންނަކީ ޔާމީނުގެ ވެރިކަމުގެ ހިތިރަހަ ވަރަށް ބޮޑަށް ތަޖުރިބާކުރަމުން ގެންދާ ބައެއްކަން ފާހަގަ ކުރައްވަމުން ގާސިމް ވަނީ ހިތަދޫ މީހުންގެ ގަޔަށް ވެކްސިން ޖަހަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ، އެބާވަތުގެ އިހާނެތި ހަޑިހުތުރު ބަސްތައް ޔާމީން ބޭނުންކުރައްވަނީ ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށެވެ.