Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

19 މިލިއަން ޑޮލަރަށް އައްޑޫގައި ހޮސްޕިޓަލެއް އަޅައިދޭން ކޮރެއާގެ ކުންފުންޏަކުން ހުށަހެޅި!

އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ޝައުޤުވެރިކަން ފާހަގަކޮށް ސައުތް ކޮރެއާގެ ކުންފުންޏަކުން ދިވެހި ސަރުކާރަށް ޕްރޮޕޯޒަލެއް ހުށަހެޅި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވެއްޖެއެވެ.

މިހާރު ހިތަދޫގައި ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ ސައުތް ކޮރެއާގެ ކުންފުނިން އެ ޕްރޮޕޯޒަލްގައި ބުނެފައިވަނީ 19 މިލިއަން ޑޮލަރަށް ހޮސްޕިޓަލް އަޅައިދޭނެ ކަމަށެވެ.

އަދި އެ ޕްރޮޕޯޒަލާއި ބެހޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ސައުތް ކޮރެއާގެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލްގެ ތަފްސީލީ މައުލޫމާތު ހެލްތް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.

ތަފްސީލް އަންނަނީ..