Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މަލެއްގެ ކުލަ ތަފާތުވުމުން އުކާލާ ރައީސެއްގެ ސިކުނޑި ހަމައެއް ނުވާނެ: ނިޒާރު

ތަނެއްގައި މަލެއް އޮތްވައި އޭގެ ކުލަ ތަފާތުވުމުން އުކާލާ ރައީސެއްގެ ސިކުނޑި ހަމައެއް ނުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެެވެ.

ނިޒާރު މިހެން ވިދާޅުވީ، ހިތަދޫ ޖޭޕީގެ ޖަގަހައެއްގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަައި ކޮޅުން ނުލާނެ ކަމަށެވެ. ކުރީގެ ރައީސް މައުމޫނާއި ސިޔާސީ ގޮތުން އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެމަނިކުފާނު ޖަލަށް ލާފައިވާތީ އެކަމަށް ވެސް ނިޒާރު ވަނީ ފާޑުވިދާޅުވެފައެވެ.

ނިޒާރު ވިދާޅުވީ ރައީސް މައުމޫންގެ އުމުރުފުޅުން ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެމަނިކުފާނު ޖަލަށް ލެއްވި ރައީސެއްގެ ސިކުނޑި ހަމަ ނުވާނެ ކަމަށެވެ.

އަދި މީގެ އިތުރުން ދުވަހަކު ވެސް ދިވެހި ރައްޔިތުން ތަހައްމަލު ނުކުރާ އަނިޔާ އާއި މުސީބާތް ގެނެސްދިން ވެރިޔަކަށް ދެވަނަ ދައުރެއް ނުދޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ….