Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އައްޑޫއަށް ޔާމީނަށް ވުރެ ބޮޑު މުސީބާތެއް ނެތް: ނިޒާރު

ރޭ އިދިކޮޅު ފަރާތްތަކުން ޖޭޕީ ހތަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ - އައްޑޫލައިވް

އައްޑޫ ސިޓީއަށް ކުރިމަތިވި އެންމެ ބޮޑު މުސީބާތަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ޖަގަހަ ހުޅުވުމަށް ފަހު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫއަށް ރައީސް ޔާމީން އެެއް ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރި ކަމަށް ވިދާޅުވި ނަމަވެސް އެ ތަރައްޤީ ނުފެންނަ ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އައްޑޫއަށް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވޭއިރު އެމަނިކުފާނާއި އެކު މިހާރު ތިބީ ވެސް ހަސަދަވެރިން ކަމަށެވެ.