Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ވޯޓަށްފަހު، ފަނޑިޔާރުން އެބޭފުޅުން ކަންތައް ކުރި ގޮތް ކިޔައިދޭނެ: ގާސިމް

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓަށްފަހު، ފަނޑިޔާރުންނާއި، އެހެންވެސް ބޭފުޅުން އެބޭފުޅުންނަށް މަޖުބޫރުން ކަންތައްތައް ކުރުވަމުންގެންދިޔަ ގޮތުގެ ވާހަކަތައް ވިދާޅުވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ .

ހިތަދޫގައި ހުންނަ ޖޭޕީ ޖަގަހައިގައި ބޭއްވި ޚާއްސަ ޖަލްސާގައި ވީޑިއޯ ލިންކެއް މެދުވެރިކުރައްވައި ވާހަަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ހުރިހާ ބޭފުޅުންވެސް އަމިއްލަފުޅަށް އެއްބަސްްވެ ކަންކަން މަޖުބޫރު ކުރުވި މީހުންނާއި، ކަންތައްތައް ދިޔަގޮތް ކިޔައިދޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިމަހުގެ 23 ވަނަ ދުވަހުގެފަހުން ފަނޑިޔާރުންނާއި، ހުރިހާ ބޭފުޅުންވެސް އަމިއްލަފުޅަށް އެއްބަސްވާނެ އަދި ވިދާޅުވެސްވާނެ ކަންކަން މަޖުބޫރު ކުރުވި މީހުންނާއި، ކަންތައްތައް ދިޔަގޮތް. ކިޔައިދޭނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވެފައި ވާއިރު މީގެ ކުރިން ސަރުކާރުގެ އިސްމަގާމުތަކުގައި އަދި މިނިވަން މުއައްސަސާތަކުގައި ތިބި ބައެއް އިސްވެރިން ވެސް މިހާރު ދަނީ ރައީސް ޔާމީން ކަންތައް ކުރެއްވި ގޮތް ހާމަކުރައްވަމުންނެވެ.