Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

އާ ރަންވޭ ހުޅުވަން ބްރިޖު ބަންދުކުރަނީ

ވެލާނާ އެއާޕޯޓުގެ އާ ރަންވޭ މިއަދު ހުޅުވާތީ މިއަދު ސިނަމާލެ ބްރިޖު ދެގަޑިއިރުގެ ދިގު މިނަށް ބަންދު ކުރާނެ ކަމަށް ފުލުހުން އަންގައިފިއެވެ.

އެގޮތުން މިއަދު މެންދުރު ފަހު 3:15 އިން 4:15 އަށް ބްރިޖު ބަންދުކޮށް އަދި އިރު އޮއްސި 5:30 އިން 6:30 އަށް ވެސް ބްރިޖުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ފުލުހުން ނެރުނު ޓްރެފިކް އެލާޓެއްގައި ބުނެފައިވެއެވެ.

ސާފް ސުޒުކީ ކަޕްގެ ފަޚުރުވެރި ޗެމްޕިއަންކަން ދިވެހި ގައުމީ ޓީމު ހޯދުމާއެކު ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި ރަސްމީކޮށް ޖައްސާ ފުރަތަމަ ބޯޓަކީ އެއާބަސް އޭ 380 ގައި ދިވެހި ގައުމީ ޓީމު ޖެއްސުމަށް ހަމަޖައްސާފައެވެ.

މިއީ ބްރިޖުގެ ޚިދުމަތް އާންމު ގޮތެއްގައި ރައްޔިތުންނަށް މިމަހުގެ 7 ވަނަ ދުވަހު ހުޅުވާލުމަށް ފަހު ބްރިޖު ބަންދުކުރި ފުރަތަމަ ފަހަރެވެ.