ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ހިތަދޫ ބަނދަރު ސަރަހައްދު އަތިރިމަތީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ބަނދަރާ ދިމާލުން އެތާ އަޅާފައި އޮންނަ ފަތާ ޓްރެކު ސަރަހައްދުގައި އޮންނަ ހުސް ބިމުގައި މިޖަލްސާ ބާއްވަން ހަމަޖައްސާފައިވާއިރު މިޖަލްސާއަކީ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ ޖަލްސާއެކެވެ.
އަތޮޅުތެރޭގެ ކެމްޕޭނު އައްޑޫ ސިޓީއިން އިބޫ ސޯލިހް ފައްޓާފައިވާއިރު ނިންމުން ވެސް އައްޑޫގައި ބޭއްވުމަށް އިދިކޮޅު އިއްތިހާދުން ގަސްދުކޮށްފައިވާއިރު ވީހާވެސް ގިނަ ބަޔަކު މިސަރުކާރުގެ ބޭއިންސާފާ އަނިޔާއަށް ނޫނެކޭ ބުނުމަށް މިޖަލްސާއަށް ވަޑައިގެން ބައިވެރިވެ ދެއްވުމަށް އިއްތިހާދުން ވަނީ އެދިފައެވެ.