Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އެމްއާރުއެމް ސަޕޯޓަރުން އެމްޕީއެލް ލޯންޗުން ބާލުވައިފި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ހިމެނޭ ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރާ މައުމޫން ރިފޯމް މޫވްމަންޓުގެ ފަރާތުން އިއްތިހާދުގެ ކެމްޕޭނުގައި ބައިވެރިވާ ޓީމެއް މިއަދު އައްޑޫ ސިޓީ އިން ފުވައްމުލަކަށް އެމްޕީއެލް ފެރީއެއްގައި ދިއުމަށް ހަމަޖެހިފައިވަނިކޮށް އެއްވެސް ސަބަބަކާ ނުލާ އެބޭފުޅުން ލޯންޗުން ބާލުވައިފިއެވެ.

އެމްއާރްއެމްގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ އެމްއާރްއެމް ޓީމު ދަތުރުކުރަން ހަމަޖެހިފައިވާ ލޯންޗުގެ ކެޕްޓަން އެއިދާރާގެ ވެރިޔަކަށް ގުޅައި، ރައީސް މައުމޫންގެ ޓީމެއް ދަތުރުކުރާ ކަމަށް އެންގުމުން ލޯންޗުން ބޭލުވީ ކަމަށެވެ. އަދި އެއްވެސް ސަބަބެއް އަންގާފައިނުވާ ކަމަށާއި ނަމަވެސް ލޯންޗުގައި ދަތުރުކުރުމަށް ދިން ފައިސާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެމްޕީއެލް އިން އިދިކޮޅު ކެމްޕޭނު ޓީމެއް ލޯންޗުން ބޭލުވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެމްއާރްއެމް ޓީމުން މިހާރު ވަނީ އަމިއްލއައަށް ލޯންޗެއް ހިފައި، ފުވައްމުލަކަށް ދަތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.