Last Updated: July 1, 14:02
Wednesday, July 1, 2026
ސިޔާސީ

މިނިސްޓަރު ކަމުން ޖަމީލް ވަކިކޮށްފި!

ހޯމް މިނިސްޓަރުކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކޮށްފިއެވެ. ޖަމީލް ވަނީ އޭނާ މަގާމުން ވަކި ކުރިކަން ޓްވީޓަކުން އާއްމުކޮށްފައެވެ.

މިވަގުތު އައްޑޫގައި ހުންނެވި ޖަމީލް ވިދާޅުވީ ރައީސް ވަހީދުގެ ކެބިނެޓުގައި މަސައްކަތްކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން ވަނީ ޖަމީލް އަށް ވަރަށް ތައުރީފް ކޮށް އޭނާ މި ސަރުކާރުގައި އަދާ ކުރައްވާ ވަޒީފާއަށް ހިޔާނާތްތެރި ނުވާނެކަމަށް ވިދާޅުވެފައެވެ. ނަަމަވެސް ރައީސް އޮފީހުން ބުނީ ޕީޕީއެމްގެ ރަނިންމޭޓަކަށް ޖަމީލް ވުމުން މަސްލަހަތު ފުށޫއަރާނެކަަމަށެވެ.