Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

އިރު އަރަނީ ރައީސް ޔާމީން އެޅި ބްރިޖު މަތިން، އޮއްސެނީ 25 ބުރީގެ އިމާރާތުގެ މަތިން: ރިޔާޒް

އިރު އަރަނީ ރައީސް ޔާމީން އެޅި ބްރިޖުން ކަމަށާއި އިރު އޮއްސެނީ އެމަނިކުފާނު އަޅައި ދެއްވި 25 ބުރީގެ އިމާރާތުގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމުން ބާއްވާ "އެންމެން އެކަކަށް" ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށެވެ.

އަދި އެމަނިކުފާނަކީ މި އާދީއްތަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ބޭފުޅާ ކަމަށް ރިޔާޒް ވިދާޅުވެފައިވެއެވެ.

ޕީޕީއެމް އިން މިރޭ މާފަންނު ސްޓޭޑިއަމްގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.