Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ރައީސް ޔާމީން ކުޅޭނީ އެޓާކަށް، ގޯލު ޖަހާ ޖަހާ ފުރާލާނަން: ކާނަލް

photo: v news

ރައީސް ޔާމީން ކުޅުއްވާނީ އެޓޭކަށް ކަމަށާއި އެމަނިކުފާނު ޑިފެންސަށް ނުކުޅުއްވާނެ ކަމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، މުހައްމަދު ނަޝީދު(ކާނަލް) ވިދާޅުވެއްޖެއެވެ.

މިރޭގެ ޖަލްސާގައި ކާނަލް ނަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވީ ފޮނި ފޮނި މީރު މޭވާ ލިބޭ ތަނެއްގައި ހުރެފައި ވެސް މާލެ ވަޑައިގަތީ ރައީސް ޔާމީންގެ ކެމްޕޭނުގައި ބައިވެރިނުވެ ނުހުރެވިގެން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެބޭފުޅުން ގޯލު ޖަހާ ޖަހާ ގޯލު ފުރާލާނެ ކަމަށެވެ. އަދި ދިވެހި ރާއްޖެއަށް އިސްތިއުމާރީ ބާރުތައް ގެނައުމަށް އެއްވެސް ރައްޔިތަކު ތާއީދެއް ނުކުރާނެ ކަމަށާއި ދީން ހިމާޔަތް ކުރެވޭނީ ރައީސް ޔާމީނަށް ވޯޓު ދެއްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.