Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

މަޖަލީ 8000 މީހުން ފެނި ދައްކާ ވާހަކައިން: މަހްލޫފް

ޕީޕީއެމްގެ ސައިޒް ދައްކާ ޖަލްސާއަށް އިޝާރާތް ކުރައްވާ ރަށްރަށުން 4000 މީހުން ގެނެސް، އެންމެ މަޖަލީ 8000 ވަރަކަށް މީހުން ފެނުނީމަ ވާހަކަ ދައްކާ ބޭފުޅުން އުޅޭގޮތުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރުކޮށްގެން މިރޭ ޖަލްސާއަށް މީހުން އެއްކުރީމަ ހަގީގަތުގަވެސް އެބޭފުޅާ ހީކުރެއްވީ ވަރަށް މީހުން އޮންނާނެ ކަމަށް ކަމަށެވެ.

އިތުރު ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ މިޖަލްސާ 24 ސެޕްޓެމްބަރުގައި ކޮންމެހެން ވެސް އަދި ބަލަންވާނެ ކަމަށެވެ.

އިންޝާ ﷲ އެ ބޭފުޅުން މި އިންތިޚާބު %70 އަށްވުރެ މަތިން ކާމިޔާބު ކުރައްވާ 23 ސެޕްޓެމްބަރުގައި އަސްލު ސައިޒް ދައްކާލާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.