Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މީދޫގައި އިއްތިހާދުން ބާއްވަން އުޅުނު ކަންމަތީ ބައްދަލުވުން ފެށުމުގެ ކުރިން ކަރަންޓު ކޭބަލް ބުރިކޮށްލައިފި

މީދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބާއްވަން އުޅުނު ކަންމަތީ ބައްދަލުވުން ފެށުމުގެ ކުރިން އެތަނުގައި އޮތް ކަރަންޓު ކޭބަލް ބުރިކޮށްލައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ބައިވެރިވާ ކަންމަތީ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މީދޫ "ނިންމާ" ޖަގަހަގައެވެ.

ކަރަންޓު ކޭބަލް ބުރިކޮށްލުމާއި ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ "ސައިޒު ދައްކަން ޖަލްސާ ބާއްވާއިރުވެސް އަޅުގަނޑުމެން ބާއްވށ ކަންމަތީ ބައްދަލުވުން"ވެސް ހަޖަމު ނުކުރެވޭ ކަމަށެވެ.

ކަރަންޓު ކޭބަލް ބުރިކޮށްލާފައިވާ އިރު މީގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މީދޫގައި ހުޅުވި "އެޑްވާންސް ޖަގަހަ" ވަނީ ރޯކޮށް އަންދާލާފައެޗެ.