Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

"ސައިޒު" ޖަލްސާގައި ބިދޭސީން!

ބިދޭސީން ތަކެއް، ފޮޓޯ: ޓްވިޓަރ

ވެރިކަން ކުރާ ޕީޕީއެމް "ސައިޒު:" ދައްކަން މިހާރު މާލޭގައި ކުރިއަށް ގެންދާ ޖަލްސާގައި ބިދޭސީން ބައިވެރިވާ ފޮޓޯ އާއި އެކު ފާޑު ކިއުން އަމާޒުވެއްޖެއެވެ.

އަތޮޅުތަކުން ޗާޓަރު ފްލައިޓުގައި ގިނަ ބަޔަކު މާލެ ގެންގޮސް ކުރިއަށް ގެންދާ ޖަލްސާގައި ބިދޭސީން ތިބި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ޖަލްސާގައި ފަންސާސް ހާހަށް ވުރެ ގިނަ މީހުން ތިބިކަމަށް ޕީޕީއެމްގެ ހަބަރު ގެނެސްދޭ ޗެނަލް 13 އިން ބުނެފައިވާ އިރު ޖަލްސާގައި ކުރީގެ ފޭދޫ ދާއިރާގެ މެމްބަރ އަލްހާން ފަހުމީވެސް ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކީ މީހަކު ބުނެފައިވަނީ ބަންގްލަދޭޝް މީހުން ލައިގެންވެސް ސައިޒު ނުދެއްކުނު ކަމަށާއި، ހުކުރު ހަމަނުވި ކަމަށެވެ.

ސޯޝަލް މީޑިއާގައި ޕީޕީއެމްއަށް ފާޑު ކިއުން އަމާޒުވެފައިވާ އިރު މިއަދުގެ ޖަލްސާއަށް އެކި ގޮތްގޮތުން ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.