އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މޫނުބުރުގާ އަޅާ އަންހެން ކަނބަލުންނަށް ވަޒީފާ އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށް ދިނުމަށް ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މެނިފެސްޓޯގައިވާ ގޮތުން ފޮށުމާއި ފުރައްސާރައާއި ޖިންސީ، އަދި ނަސްލީ ތަފާތުކުރުމާއި، ނިސްބަތްވާ ފަންތި އާއި ގިންތީގެ ގޮތުން ކުރެވޭ
ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނުތައް ހެދި، މިކަންކަމާ ދެކޮޅު ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދޭނެއެވެ.
މީގެ އިތުރުން ޢާންމުވެފައިވާ ގޭންގްތަކާއި ގޭންގްތަކުން ހިންގާ ބިރުވެރި އަމަލުތައް ނައްތާލެވޭނެ ކަމަށްވެސް ކޯލިޝަންގެ މެނިފެސްޓޯގައި ބުނެފައި ވެއެވެ.
މޫނު ބުރުގާއަޅާ އަންހެން ކަނބަލުންނަށް ވަޒީފާ އަދާނުރެވޭނެކަމަށް ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު މިހާރު މިހިނގާ ސަރުކާރުގައި މޫނުބުރުގާއެޅި އެތައް ކަނބަލުންނެއްވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ތުނބުޅި ދިގުކޮށްގެން ވަޒީފާގައި އުޅުނު ބައެއް އިދާރާތަކުންވަނީ ފިރިހެން ބޭފުޅުންނަށް ދަތިތަކާއި ކުރިމަތި ކުރުވާފައެވެ.
މިއީ ވަޒީފާގެ ފުރުސަތުތަކުން މަހްރޫމްވެފައިވާ މޫނުބުރުގާ އެޅި ކަނބަލުންނަށް ލިބިގެންދާނެ އިސްނާފެއްކަން ޔަގީނެވެ. އުފާވެރި ޚަބަރެކެވެ.