ޕީޕީއެމްގެ ސައިޒުވެސް ފެނިއްޖެ ކަމަށާއި އެކަމުން އެމީހުން ވީ ބޭޒާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޝާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދިވެހިރާއްޖެއިން ޔާމީން އަބްދުލްޤައްޔޫމަށް ލިބޭނެ ވޯޓު މިރޭ ސާފުވެެއްޖެ ކަމަށެވެ. ވޯޓު ދޭން ތިބި މީހުންގެ ސާޅީސް ފަސެންޓް އެތިބީ ފެންނަން ކަމަށް ޕީޕީއެމްގެ ޖަލްސާއަށް އިޝާރާތް ކުރައްވާ ޝާހް ވިދާޅުވެފައިވެއެވެ.
Mulhi dhivehi raajjein YAG libayne vote miray saaf vejje! Vote dhayn thibi meehunge 40% ethiber fennan! Size ves fenninjje! Vee bayzaar!
Rayyithunge faisaa bahaagen, nufoozu birudhakkaagen, dhaulathuge vaseelah baynunkohgen, jehi hurihaa sakaraatheh #fail#IbuFaisail2018
— Aly Shah (@MPShaah) September 18, 2018
ރައްޔިތުންގެ ފައިސާ ބަހައިގެން، ނުފޫޒު ބިރުދައްކައިގެން، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ޖެހި ހުރިހާ ސަކަރާތެއް ފެއިލް ވެއްޖެ ކަމަށް ޝާހްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޝާހްގެ އިތުރު ޓްވީޓެއްގައި އޭނާ ވަނީ ތަސްވީރު ބަލާނީ ތަސްވީރު އެނގޭހެން ކަމަށް ވިދާޅުވެ ސުވާލުތަކެއް ކުރައްވާފައެެވެ. ކުރިހާ ޚަރަދާއި، ގަތްހާ މީހުންނާއި، ފޮނުވިހާ ޗިޓުތައް ކޮބާހޭ ސުވާލު ކުރެއްވިއެވެ.
Thasveer balaanee thasveer agayhen! Kobaa kuri haa kharadhu! ganaahaa meehun! Fonuvihaa chituthah!#YagOut #Test #fail #ladh#VoteIbuFaisal2018 pic.twitter.com/cl4Og2FN7Y
— Aly Shah (@MPShaah) September 18, 2018