Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އިބޫގެ އައްޑޫ ވައުދު: ދުނިޔޭގެ 5 މަންޒިލަކުން ދުވާލަކު 5 ފްލައިޓު ގަމަށް!

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައްޔިތުންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އައްޑޫ މެނިފެސްޓޯގައި 5 އަހަރު ތެރޭ 5 އެއާލައިން ގަމަށް ދަތުރުކުރެވޭނެކަމަށް ބުނެފިއެވެ.

އައްޑޫއަށް ހާއްސަކޮށް ނެރުއްވާފައިވާ މެނިފެސްޓޯގައި އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި 8000 ވަޒީފާ އާއި އެކު 8000 ޓޫރިސްޓު އެނދު ތަރައްޤީ ކުރައްވާނެކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

އިބޫގެ އައްޑޫގެ ތަސައްވުރުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްޤީ ކުރެވި، ދުނިޔޭގެ 5 މަންޒިލަކުން ދުވާލަކު 5 ފްލައިޓު 5 އަހަރު ދުވަހުގެ ތެރޭ ޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ގަމުގައި ތިން ސިޓީ ހޮޓެލް ތަރައްޤީ ކުރުމުގެ އިތުރުން ދޫގަސް މެރީނާ ހޮޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުން ހިމެނެއެވެ.

އިބޫގެ އައްޑޫ ތަސައްވުރު އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާ އިރު ރައްޔިތުންގެ ފަރާތުން ބޭނުންވާ ހިޔާލު އަދިވެސް މި ތަސައްވުރަށް ހުށަހެޅޭނެއެވެ.

މާދަމާ ރޭ އައްޑޫ ރައްޔިތުންނާއި އިބޫ ބައްދަލު ކުރައްވާއިރު މުޅި މެނިފެސްޓޯގައި ވަނީ އައްޑޫ ރައްޔިތުން އަބަދުމެ އެދެމުންދާ ކަންކަަމެވެ.