Last Updated: July 11, 17:50
Saturday, July 11, 2026
ޚަބަރު

ވަކިކޮޅަކަށް ވޯޓުދޭން ހޯދާ ކޮންމެ ހަދިޔާއެއް ވާނީ ރިޝްވަތަށް: އަނީލް

ނޫރުލް އިސްލާމްގެ ރައީސް ޝެއިހް މުހައްމަދު އަނީލް

ވަކި މީހަކަށް ވޯޓު ދޭނެ ކަމަށް ޝަރުތުކޮށް ހޯދާ ކޮންމެ ހަދިޔާ ނުވަތަ ފައިސާ ނޫޓެއް ވެގެންދާނީ ރިޝްވަތަކަށް ކަމަށް ޝެއިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަނީލް މިހެން ވިދާޅުވެފައިވަނީ 'ރިޔާސީ ނަސޭހަތް 2018' ގެ ނަމުގައި ޓުވީޓާ މެދުވެރިކޮށް ފޮނުވާ ނަސޭހަތުގެ ބަސްކޮޅުގައެވެ.

އަނީލްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ވަކި ގޮތަކަށް ވޯޓުލުމަށް ޝަރުތުކޮށް ދެވޭ ކޮންމެ ހަދިޔާއަކީ ކަނޑައެޅިގެން ރިޝްވަތެއް ކަމަށެވެ. އަދި ރިޝްވަތަކީ ޙަރާމް އެއްޗެއް ކަމަށާއި އެ ފައިސާއިން ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އައުލާކަން ވެގެން ވަނީ ނަރަކަ ކަމަށް މިމެސެޖުގައި ބުނެފައިވެއެވެ.

އަދި ތިބާގެ އަނބި ދަރިންނަށް އެ ޙަރާމް ފައިސާ ދިނުމަށް ރުހޭނެތޯ މި މެސެޖުގައި ދިވެހި އެންމެހާ ރައްޔިތުންނަށް އަމާޒުކޮށް ސުވާލުކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް ފައިސާ ބަހާކަމުގެ އަޑުތައް މިފަހަރުގެ އިންތިޚާބާ ގުޅިގެން ވެސް ވަނީ ފެތުރިފައެވެ.