Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ބޮލީވުޑްގެ ފުރަތަމަ ސްޕޭސް މޫވީ ގައި އަކްޝޭ އާއި ވިދްޔާ

އެކުގައި ހިޓް ފިލްމްތައް ކަމަށްވާ، "ހޭ ބޭބީ"، "ބޫލް ބުލައްޔާ"، އަކްޝޭ ކުމާރު އަދި ވިދްޔާ ބާލަން 10 އަހަރަށް ފަހު އެކުގައި މަސައްކަތް ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ވިދްޔާ އާއި އަކްޝޭ މިފަހަރު ފެނިގެންދާނީ ބޮލީވުޑްއިން ފުރަތަމަ ފަހަރަށް އުފައްދާ ސްޕޭސް މޫވީއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ޕްރޮޖެކްޓް ކޯ-ޕްރޮޑިއުސް ކޮށްފަައި ވަނީ އާރް.ބަލްކީއެވެ. އަދި މި ފިލްމްގައި ނިމްރަތް ކޯރް ވެސް ފެނިގެންދާނެ ކަމަށް ވެއެވެ. މި ޕްރޮޖެކްޓާއި ވަރަށް ގާތުން މަސައްކަތްކުރާ ފަރާތަކާއި ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ އެންޓަޓެއިންމަންޓް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ހޮވާލެވޭ ކްރޫން ތަކެއް މިޝަންއަކަށް މާސްއަށް ދާ ވާހަކައަކަށް ހަދާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އެސޯސިއޭޓް ޑައިރެކްޓަރެއް ގޮތުގައި "ޕެޑްމޭން"، "ހޮލިޑޭ"، އަދި "އަކީރާ" ފަދަ ފިލްމުތަކުގައި ހަރަކާތްތެރި ވެފައިވާ ޖަގަން ޝަކްތީއެވެ.