23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ކޮންމެ ދިވެހި ދަރިޔަކު ނިކުމެ ޔާމީން ވެރިކަމުގައި ނުބަހައްޓަން ހުކުމް ކުރާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
23 September 2018 vaa dhuvahu konme dhivehi rayyithaku nikume, dhenfahe misarukaarugai bodethi vakkamaai maa singaa khiyaanaaithah hingaafaivaathee ithurah enme dhuvahakavves Yaameen verikamugai nubahattah hukum kuraaane. IA mikan nimeyne. pic.twitter.com/6GpbujVsNZ
— Ali Hussain (@AleeVoice) September 19, 2018
"23 ސެޕްޓެމްބަރު 2018 ވާ ދުވަހު ކޮންމެ ދިވެހި ރައްޔިތަކު ނިކުމެ، ދެންފަހެ މިސަރުކާރުގައި ބޮޑެތި ވައްކަމާއި މާސިންގާ ޚިޔާނާތްތައް ހިންގާފައިވާތީ އިތުރަށް އެންމެ ދުވަހަކު ވެސް ޔާމީން ވެރިކަމުގައި ނުބަހައްޓަން ހުކުމް ކުރާނެ. އިންޝާ ﷲ މިކަން ނިމޭނެ" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިންގެ ޓްވީޓްގައި ވަނީ "ވަގަކަށް ހާސް ދުވަސް ރައްޔިތަކަށް އެއް ދުވަސް" ޖަހާފައިވާ އެމްޑީޕީގެ ބެނާއެއްގެ ފޮޓޯއެއް ޝެއަރ ކުރައްވާފައެވެ.