ރައްޔިތުން އެއްކޮށްގެން ވައްކަން ކުރަން ގޮވާއިރު ދީން ކޮބައިތޯ ސުވާލު ކުރައްވާ އެވަގުތު ޝަހީމް އިނީ އަތް ޖަހަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް(ރޮޒޭ) ވިދާޅުވެއްޖެއެވެ.
މިހެން ރޮޒޭ ވިދާޅުވީ ރޭ ރައީސް ޔާމީން ޖަލްސާގައި ދެއްކެވި ވާހަކަފުޅަކަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
Meena mi ulhenee aharumenge dharinnah ves vakkan kuran dhaskohdheyn. Rayyithun ekkohgen vakkan kuran govaa iru dheen koba? Shaheem inee aiy jahan. Hayaathuge kanfulheh ves neiy. Mi vagunthah baaluvan eba jehey! #VaguOut#YAGOUT#IbuFaisal2018 pic.twitter.com/Hg8zkktxAp
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 19, 2018
"މީނަ މިއުޅެނީ އަހަރުމެންގެ ދަރިންނަށް ވެސް ވައްކަން ކުރަން ދަސްކޮށްދޭން. ރައްޔިތުން އެއްކޮށްގެން ވައްކަން ކުރަން ގޮވާއިރު ދީން ކޮބާ؟ ޝަހީމް އިނީ އަތްޖަހަން. ހަޔާތުގެ ކަންފުޅެއް ވެސް ނެތް. މިވަގުތަށް ބާލުވަން އެބަޖެހޭ." ރޮޒޭ ވިދާޅުވިއެވެ.
ރޭ ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "އެމީހަކު ބޭނުންވާ ކަމަކަށް ފައިސާ ނުލިބިއްޖިއްޔާ އެކަމަކު އެކަމަކީ ކުރަންޖެހޭ ކަމަކަށް ވެއްޖިއްޔާ، އާ މިއޮށް ގާރލް ފްރޭންޑް ކަޓަނީ. އެހެން މީހަކު އެއޮށް އޮފަރ ކުރަނީ މޮބައިލް ފޯނު. ދެން ނަރީޝް އަށް މަޖްބޫރު ވަނީ ކޮންކަމެއްތޯ. ނަރީޝްއަށް ކުރަން މަޖްބޫރުވަނީ ބެގް ބޮރޯ އޯ ސްޓީލް. ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން،" މިހެންނެވެ.
މި ވާހަކަތަކުގެ ސަބަބުން ވަރަށް ގިނަބައެއްގެ ފާޑު ކިޔުންތައް ރައީސް ޔާމީނަށް ވަނީ އަމާޒުވެފައެވެ.