Last Updated: June 10, 18:05
Wednesday, June 10, 2026
ސިޔާސީ

މަސައްކަތް ކުރީ އިހުލާސްތެރިކަމާ އެކު: ޑރ. ޖަމީލް

ފޭދޫ ސްކޫލްގައި ބޭއްވި ބައްދަލުވުން. ފޮޓޯ/ އައްޑޫ ލައިވް

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށް އެ މަގާމުން މިއަދު ވަކި ކުރެއްވި ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޓީމުން ފޭދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް މިއަދު ފޭދޫ ސްކޫލްގައި ބޭއްވި ބަައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވީ އޭނާ ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވީ ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ. އަދި އެކަން ރާއްޖޭގެ ރައްޔިތުންނާއި އައްޑޫ ރައްޔިތުން ވެސް ގަބޫލް ކުރައްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ރަނިންމޭޓަކަށް އޭނާވެ ވަޑައިގަތުމާ އެކު މިނިސްޓަރުކަމުން ވަކި ކުރެއްވުމުން "މިހާރު މި ލިބުނީ ކެމްޕޭން ކުރަން 24 ގަޑި އިރު" ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު ކެމްޕޭން ހަރަކާތްތަކުން އޭނާ ފެނިގެން ދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެގޮތުން މަގުމަތިންނާއި އަދި އެ ނޫން ވެސް ތަންތަނުން ދެން އޭނާ ފެނުން އިތުރުވެގެން ދިޔައީ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.