Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު އައްޑޫގައި!

ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު އައްޑޫގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ. ޕީޕީއެމް އިން ބުނީ މިއަދުގެ ކުއްލި ބައްދަލުވުން ބާއްވަނީ ހެނދުނު 11:00 އިން ފެށިގެން 12:30 ކަމަށެވެ.

ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ޑޜ. ޖަމީލް ހަމަޖެއްސުމާއި ގުޅިގެން އޭނާ އިއްޔެ ވަނީ ހޯމް މިނިސްޓަރުކަމުން ދުރުކޮށްފައެވެ.

ޕީޕީއެމްއިން މިއަދު މިބާއްވާ ކުއްލި ބައްދަލުވުމަކީ ޖަމީލް ވަޒީރު ކަމުން ދުރުކުރުމާއި ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށް މަހުލޫފް ވަނީ ޓްވީޓެއްގައި ވިދާޅުވެފައެވެ.

މިހާރު ކެމްޕެއިން ދަތުރެއްގައި އައްޑޫއަށް ވަޑައިގެން އުޅުއްވާ ޕީޕީއެމް ޓީމުގައި އެޕާޓީގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް އާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އާއޮ ޕާޓީގެ ކައުންސިލްގ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.