Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

މަސީހު ތިހުންނެވީ ކުއްޅަވައްފަލު ރަނިންއަށް ވެފަ: ޝާހް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުވައްމުލަކު ސިޓީގައި ބާއްވާ ޖަލްސާގައި އަލީ ޝާހް ވާހަކަ ދައްކަވަނީ- ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް ޓްވިޓާ

މަސީހުއަށް ދަންނަވާލަން ބޭނުންވަނީ އެ މަނިކުފާނު ހުންނެވީ ކުއްޅަވައްފަލު ރަނިންއަށް ވެފައި ކަމަށް ކަމުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހްވަނީ ރައީސް ޔާމީނުއަށާއި މަސީހުއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝާހްއަކީ މީގެ ކުރިން ރައީސް ޔާމީނުގެ ދިފާއުގައި އެންމެ ގަދަޔަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުން ބަދަލުވާން ޖެހުނީ ސަބަބުތަކެއް ހުރުމުން ކަމަށް ޝާހް ވިދާޅުވިއެވެ. ސަރުކާރުން ކަންތައް ކުރައްވާ ގޮތާއި އެ ބޭފުޅުން ދެއްކެވި ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވާފައިވާ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ. އަދި އެބޭފުޅާގެ ދޫހުޅުވުމަށް މަސައްކަތް ނުކުރުމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންނަށް ކުރާ ޖެއްސުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ. އެގޮތުން ޝާހްގެ ކޮއްކޮއެއް މާލެއަށް ބަދަލު ކުރެެއްވި ވާހަކަވެސް ފާޅުކުރެއްވިއެވެ. އެގޮތަށް ކަންތައް ކުރެއްވިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޝާހް ވަނީ އަޑަށް ބާރުލައްވާފައި ވިދާޅުވެފައެވެ.

ޝާހްވަނީ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް އެބޭފުޅުން އެމަނިކުފާނަށް ތާއީދު ކުރަން ނިންމި ސަބަބު ވިދާޅުވެފައެވެ. އެ ސަބަބު ތަކަކީ އެބޭފުޅުން ބޭނުންވަނީ ރައްޔިތުންގެ އަޑު އައްސަވާ އަދި މެމްބަރުންގެ އަޑުއައްސަވާ ބޭފުޅެއް ވެރިކަމުގައި ހުންނެވުން ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

ކޮށާލިޔަސް، ފުނޑާލިޔަސް މަޑުން ނުތިބޭނެ ކަމަށް ޝާހް ވިދާޅުވިއެވެ.