Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

މިހާރު ވަރަށް ސާފު! ޔާމީންގެ އޮންނަނީ "ތެޔޮ އަބުރެއް": ޝިފާޒް

ފޮޓޯ:ރާއްޖެއެމްވީ

މީހަކު ތެލުގެ ވާހަކަ ބުނާ ކޮންމެ ފަހަރަކު އެއީ ޔާމީން އަބްދުލްޤައްޔޫމްގެ "އަބުރުފުޅު" ކަމަށާއި މިހާރު ޔާމީންގެ އޮންނަނީ "ތެޔޮ އަބުރެއް" ކަމަށް ވަރަށް ސާފު ވެއްޖެ ކަމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ ވަގު ތެޔޮ ރިޕޯޓްގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ޕޮލިހަށް ހާޒިރު ކުރުމަށް ޗިޓް ހަވާލުކުރުމާއި ގުޅިގެންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝިފާޒް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޗިޓް ހަވާލު ކުރުމަކުން ޔާމީން އަބްދުލްޤައްޔޫމްގެ ވައްކަމުގެ ތުހުމަތެއް ނުނިމޭ ކަމަށެވެ.

ހަސަން ލަތީފް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ "ވަގު ތެޔޮ ސްޕެޝަލް" ނަމުގައި އެމްޑީޕީގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށް މިހިނގާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރާއްޖެޓީވީ މެދުވެރިކޮށް އެ ރިޕޯޓާ ބެހޭ މައުލޫމާތު މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށް ބުނެއެވެ.