Last Updated: June 10, 18:05
Wednesday, June 10, 2026
ކުޅިވަރު

ޔުނައިޓެޑު މޮޅުވިއިރު ސިޓީ ލިއޯން އަތުން ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސުވިޒަލެންޑުގެ ޔަންގް ބޯއިސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 އިން ޔުނައިޓެޑު ކާމިޔާބުކުރިއިރު ވާދަވެރި ސިޓީއަށް ލިއޯން އަތުން ހައިރާންކުރުވަނިވި 2-1 ގެ ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރަށުން ބޭރުގައި ކުޅެ ޔުނައިޓެޑުން ޔަންގް ބޯއިސް ބަލިކޮށްފައިވާއިރު ސިޓީ ބަލިވެފައިވަނީ އަމިއްލަ ދަނޑުގައި ކުޅެ ކަން ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑު މެޗަށް ބަލާއިރު މެޗުގެ ފުރަތަމަ ދެ ގޯލު ފުރަތަމަ ހާފުގައި ޖަހާފައިވަނީ ރޭގެ މެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ޕޯލް ޕޮގްބާއެވެ. އޭގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފަހު ލަނޑު ފަހު ހާފުގައި ޕޮގްބާގެ އެސިސްޓަކުން ޖަހާފައިވަނީ އެންތޮނީ މާޝިއަލް އެވެ.

ލިއޯން އިން ވަނީ ސިޓީ ކޮޅަށް މެޗުގެ 26 ވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ. އަދި އޭގެ ފަހުން 43 ވަނަ މިނެޓުގައި ނަބިލް ފެކީރް ވަނީ ލިއޯންގެ ލީޑު ފުޅާކޮށްދީފައެވެ. ފަހު ހާފުގައި ސިޓީއަށް އެއް ލަނޑު ޖަހާދީފައިވަނީ 67 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާއެވެ.

ރޭގެ މެޗުން ސިޓީ ބަލިވުމާއެކު ގުއާޑިއޯލާގެ ސިޓީ ވަނީ އިނގިރޭސި ޓީމަކުން ޗެމްޕިއަންސް ލީގުގައި ޖެހި ޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ޓީމަށް ވެފައެވެ.