Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ފަތުރުވެރިޔަކު ރޭޕްކުރަން އުޅުމުގެ ތުހުމަތުކުރެވޭ މީހާ އަދިވެސް ރިސޯޓުގައި!

ފަތުރުވެރިޔާ ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 5 މީހުންގެ ގްރޫޕް. މީގެ ތެރެއިން އެޗްއާރް ޑިރެކްޓަރުގެ ދަރިފުޅު ހުރީ އަދިވެސް ރިސޯޓުގައި.

ސ. ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާގައި ފަތުރުވެރިޔަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހަކާއި މެދު ފިޔަވަޅެއް ނާޅައި އަދިވެސް ރިސޯޓުގައި ބަހައްޓާފައި ވުމުން މުވައްޒަފުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.

ފަތުރުވެރިޔާ ރޭޕްކުރަން އުޅުނު 5 މީހުންގެ ގްރޫޕްގައި ހިމެނޭ ޝަންގްރިއްލާގެ 4 ބިދޭސީ މުވައްޒަފުން ވަނީ ފުރުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ 2 މީހަކާއި މިސްރަށް ނިސްބަތްވާ 2 މީހެކެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނޭ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ އެޗްއާރް ޑިރެކްޓަރު މުނީރް ރަަމްޒީގެ ދަރިފުޅު އަދިވެސް ހުރީ ރިސޯޓުގައެވެ. މިސްރަށް ނިސްބަތްވާ މުނީރް ރަަމްޒީގެ ދަރިފުޅު ރިސޯޓަށް ގެނެސްފައި ވަނީ ޗުއްޓީއަށެވެ.

'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާގޮތުގައި ފަތުރުވެރިޔާ ރޭޕްކުރަން އުޅުނު މައްސަލަ ޝަންގްރިއްލާ ރިސޯޓުގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.