Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ ބައެއްގެ އަދަބު ލުއިކޮށްދީފި

ރައީސް އޮފީސް - ފޮޓޯ: ގޫގުލް

ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ ބައެއްގެ އަދަބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ލުއިކޮށް ދެއްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އަދަބު ލުއިކޮށް ދިނީ 31 އޯގަސްޓް 2013 ގެ ކުރިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެހެންނަމަވެސް އަދަބު ލުއިކޮށްދީފައި ވަނީ ކިހާ އަދަދެއްގެ މީހުންނަށް ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައި ނުވެއެވެ.

ކަރެކްޝަންސް އިން ބުނީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 10.00 އިން 15.00 އަށް، 3026125 އަދި 3026127 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ. އެއީ އެ ސަރވިސްގައި އެފަރާތްތަކާ ގުޅޭނެ މަޢުލޫމާތު ނެތުމުގެ ސަބަބުން ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.