Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

އިބޫއަށް ވޯޓު ދޭން ނިންމައިފިން: ޝެއިޚް ޙަސަން ލަތީފް

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ވޯޓު ދެއްވަން ނިންމަވާފައިވާކަން ޝެއިޚް ޙަސަން ލަތީފް މޫސާ ހާމަކުރައްވައިފިއެވެ.

އައްޑޫ ސިޓީގެ ގިނަ ބައެއްގެ އިޙްތިރާމާއި ލިބިވަޑައިގެންފައިވާ ދީނީ ޢިލްމުވެރިޔާ މިކަން ހާމަކުރެއްވި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝެއިޚް ޙަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދެ ކެންޑިޑޭޓުންގެ ވާހަކަ ވެސް އަޑުއެހުމަށްފަހު އިބޫއަށް ވޯޓު ދެއްވުމަށް ނިންމާފައިވާ ކަމަށެވެ.


ޝައިޚް ޙަސަން ލަތީފަކީ ދީނީ ދަރުސް ދެއްވުމާއި އަދި އިސްލާމީ ތައުލީމް އުނގައްނައިދެއްވުމަށް ބުރަ މަސައްކަތްތެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.