Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ހިތަދޫގައި އަދާލަތުގެ "ކޯލިޝަން" ޖަގަހަ ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި އަދާލަތު ޕާޓީގެ "ކޯލިޝަން" ޖަގަހަ ހުޅުވައިފިއެވެ.

މިޖަގަހަ ހުޅުވައި ދެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ޝެއިޚް އަލީ ޒާހިރެވެ.

ހިތަދޫ ބޮޑުމަގުގައި މި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.