Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ނަސްރީނާ އައްޑޫއަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް، ރިޔާސީ އިންތިހާބްގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ނަސްރީނާ އައްޑޫއަށް ވަޑައިގެންނެވުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް އައްޑޫގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ އެކްޓިވިސްޓުންތަކެއް ވަނީ ގަން އެއާޕޯޓަށް ގޮސްފައެވެ.

ނަސްރީނާ އައްޑޫއަށް ވަޑައިގެންނެވި އިރު މިރޭ ހިތަދޫގައި ކޯލިޝަނުން ބާއްވާ ޖަލްސާގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއީ ރައީސް މައުމޫން ޖަލަށް ލެވުނު ފަހުން ކެމްޕެއިން ހަރަކާތެއްގައިނަސްރީނާ ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.