Last Updated: May 1, 13:46
Thursday, May 1, 2025
ޚަބަރު

އަދީބުގެ ވަކީލް މޫސާ ސިރާޖް ހައްޔަރުކޮށްފި

ޤާނޫނީ ވަކީލް މޫސާ ސިރާޖް

ކުރީގެ ނައިބު ރައީސް އަހްމަދް އަދީބުގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޫސާ ސިރާޖް ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިޔާގެ ވަސީލަތެއް ބޭނުންކޮށްގެން ރައީސް ޔާމީން އަށް ނިސްބަތްކޮށް ހުތުރު ބަސްތަކެއް ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.

ސިރާޖު ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވާއިރު މި ސަރުކާރުގައި މީގެ ކުރިން ވެސް ޓްވީޓްތަކުގެ މައްސަލަތަކުގައި އެކި ފަރާތްތައް ހައްޔަރުކޮށްފައިވެއެވެ.