Last Updated: August 25, 11:44
Monday, August 25, 2025
ޚަބަރު

ޕީޕީއެމް ކައުންސިލް މީޓިން ފަށައިފި

ހިތަދޫގައި ބޭައްވިޕީޕީއެމްގެ ކައުންސިލް ބައްދަލުވުން. ފޮޓޯ/ޕީޕީއެމް

ޕީޕީއެމްގެ ރަނިން މޭޓަކަށް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން އިއްޔެ ރައީސް ވަކި ކުރެއްވުމާާ ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އިން ނިންމާ ގޮތެއް ކަަނޑައެޅުމަށް ބާއްވާ ކައުންސިލް ބައްދަލުވުން މީގެ ކުޑަ އިރުކޮޅެއް ކުރިން އައްޑޫގައި ފަށައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދަނީ ޕީޕީއެމް ހިތަދޫ އޮފީހުގަ އެވެެ. އައްޑޫގައި ކުރިއަށްދާ ކައުންސިލްގެ ހަތް ވަނަ ބައްދަލުވުމުގެ ރިޔާސަތުގައި ހުންނެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ކައުންސިލްގެ އެހެން މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވެ އެވެ.

މި ބައްދަލުވުން 12:30 ގައި ނިންމާލުމަށް ފަހު، ކައުންސިލްގެ ނިންމުން ނޫސްވެރިންނާ ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ.