Last Updated: May 1, 11:34
Thursday, May 1, 2025
ޚަބަރު

މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނެއް ކަރަށް ވަޅި ހަރައިފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

ވެރިރަށް މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ކަރަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ.

މާރާމާރީގައި ޒަޚަމްވި ޒުވާނާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށް ބައެއް މީޑީޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް މި މާރާމާރީ އާއި ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މާލޭގައި މިފަހަކަށް އައިސް ތޫނު އެއްޗިހި ބޭނުންކޮށްގެން މާރާމާރީ ހިންގުން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުން ގެންދަނީ ރާއްޖޭގައި ކުށްކުރުން މަދުވެފައިވާ ކަމަށެވެ.