Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ގުޅިފައިވާ ޕާޓީތަކުގެ އައްޑޫ ސިޓީ ކެމްޕޭން ވެހިކަލްބުރު މިއަދު ހަވީރު

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ފަހު ޖަލްސާ އައްޑޫ ސިޓީ ހިތަދޫ

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އައްޑޫ ސިޓީގައި ބާއްވާ ކެމްޕޭން އެންމެފަހުގެ ބޮޑު ހަރަކާތް ކަމަށްވާ ވެހިކަލް ބުރު މިއަދު ހަވީރު ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ ލައިވްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ މިއަދުގެ މި ހަރަކާތުގައި ގުޅިފައިވާ 4 ޕާޓީގެ އައްޑޫ ސިޓީގެ އިސްފަރާތްތަކާއި ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ވެހިކަލްބުރު ފެއްޓުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ޖަގަހަ ކުރިމަތިން ކަމަށް ޔަސްރިފް ވިދާޅުވިއެވެ. އެހެން ކަމުން އަޞުރު ނަމާދުކުރެއްވުމަށްފަހު ހުރިހާ ބޭފުޅުންވެސް ޖަގަހަ ކުރިމައްޗަށް ވަޑައިގެން ދެއްވުމަށް ޔަސްރިފް ވަނީ އެދިވަޑައިގެންފައެވެ.

ގުޅިފައިވާ ޕާޓީތަކުން ކެމްޕޭންގެ އެންމެ ފަހުގެ ޖަލްސާ ބާއްވާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އަދި އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމާއި، ހިޔަލީ މުހައްމަދު ރަޝީދު އަދި އިލްޔާސް އިބްރާހީމް ފަދަ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.