ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ވަކީލް މޫސާ ސިރާޖު ދިރިއުޅޭ އެޕާޓްމަންޓު ފާސްކޮށް ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
ސިރާޖު ފުލުހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ އެޕާޓްމަންޓު ފުލުހުން ފާސް ކޮށްފައިވަނީ މިއަދު ހެނދުނުއެވެ.
ސިރާޖު ފުލުހުން ހައްޔަރުކޮށްފައިވަނީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ނަމުގަިއ ނެރެމުންދާ ނޫސް ބަޔާނާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހގްީގަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސިރާޖުގެ ހާޒިރުގައި މިއަދު އޭނާ ދިރިއުޅޭ ގ. ހުމަށީގެ ނުވަވަނަ ފްލޯއަށް ފުލުހުން ފާސް ކުރަމުން ދިޔަ އިރު ސިރާޖު ވަނީ "މިކަން މިނިމެނީ" ކަމަށާއި ކެންޑިޑޭޓު ނަންބަރ 2 އަށް ވޯޓު ދިނުމަށް އެދިފައެވެ.
އަދީބުގެ ފަރާތުން ދާދި ފަހުން ވަނީ ސިލްސިލާ ގޮތެއްގައި ނޫސް ބަޔާންތަކެއް ނެރެފައެވެ. އެގޮތުން ނެރުނު ނޫސް ބަޔާން ތަކުގައި ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި ސަބަބާއި، ނާޒިމް، އިމްރާން އަދި ނަޝީދަށް ހުކުމް ކުރި ގޮތުގެ ތަފްސީލް ވަނީ ގެނެސް ދީފައެވެ.