Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ޑެޕިއުޓީ މިނިސްޓަރު ޒިޔާދު މަޤާމުން ވަކި ކުރައްވައިފި

ރޭ އިދިކޮޅު އިއްތިހާދުން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ޒިޔާދު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ ޒިޔާދު މިއަދު އެ މަޤާމުން ވަކިކުރައްވައިފިއެވެ.

ހިތަދޫގައި ރޭ ކުރިއަށްގެންދިޔަ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ޒިޔާދު ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަން ހާމަކުރައްވާފައެެވެ.

ޒިޔާދު ވިދާޅުވީ ހައުސިން މިނސްޓްރީގެ އައްޑޫގެ ޑިޕާޓްމަންޓާއި ހަވާލުވެ ހުންނެވި ކަމަށާއި އެ މަގާމު އަދާކުރެއްވީ އިޚްލާސްތެރިކަމާއި އެކު ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ތިބޭފުޅުންގެ ނުރުހުމުގައި ކަމެއް ކުރެވިފައި އޮތްނަމަ މައާފަށް އެެދެން" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު އިދިކޮޅު ކޯލިޝަނާ ގުޅުނުއިރު، ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި އަދި އެލައިޑްގެ ޗެއާމަން ހިޔަލީ މުހައްމަދު ރަޝީދު ވެސް މިހާރު ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފަ އެވެ.

އޭނާ ވެސް ޕީޕީއެމްގެ ރަޖިސްޓްރާ ކަމުން ވަކިކޮށް، އެ މަޤާމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް މިހާރު ވަނީ އައްޔަން ކޮށްފަ އެވެ.