Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ވަކީލް ސިރާޖުގެ ބަންދަށް ހަ ދުވަސް ޖަހައިފި

ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންދަނީ -- ފޮޓޯ: އަޒުމޫން އަހުމަދު (ރާއްޖެއެމްވީ)

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ވަކީލް މޫސާ ސިރާޖުގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

އެނގިފައިވާ ގޮތުގައި ސިރާޖުގެ ބަންދަށް ހަ ދުވަސް ޖަހާފައި ވަނީ މުޖުތަމަޢުގެ ސަލާމަތާއި ނުރައްކަލަށް ބަލާފައެވެ.

ސިރާޖު ފުލުހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ އެޕާޓްމަންޓު ފުލުހުން ފާސް ކޮށްފައިވަނީ މިއަދު ހެނދުނުއެވެ. އެގޮތުން އޭނާ ދިރިއުޅޭ އެޕާޓްމަންޓު ފާސްކޮށް ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ސިރާޖުގެ ހާޒިރުގައި މިއަދު އޭނާ ދިރިއުޅޭ ގ. ހުމަށީގެ ނުވަވަނަ ފްލޯއަށް ފުލުހުން ފާސް ކުރަމުން ދިޔަ އިރު ސިރާޖު ވަނީ "މިކަން މިނިމެނީ" ކަމަށާއި ކެންޑިޑޭޓު ނަންބަރ 2 އަށް ވޯޓު ދިނުމަށް އެދިފައެވެ.

އަދީބުގެ ފަރާތުން ދާދި ފަހުން ވަނީ ސިލްސިލާ ގޮތެއްގައި ނޫސް ބަޔާންތަކެއް ނެރެފައެވެ. އެގޮތުން ނެރުނު ނޫސް ބަޔާން ތަކުގައި ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި ސަބަބާއި، ނާޒިމް، އިމްރާން އަދި ނަޝީދަށް ހުކުމް ކުރި ގޮތުގެ ތަފްސީލް ވަނީ ގެނެސް ދީފައެވެ.