Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި

އަދާލަތު ޕާޓީގެ އިލްމުވެރިންގެ ރައީސް ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓިކަން އެނގުނީ މިއަދު ހެނދުނު ގަމުން ސްރީލަންކާއަށް ފުރުމަށް އެއާޕޯޓަށް ދިއުމުންނެވެ. އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެފައިވަނީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ.

އިލްޔާސް ޕާސްޕޯޓު ހިފެހެއްޓިންކަން އަންގައި އިމިގްރޭޝަނުން ދިން ލިޔުން ދައްކާލަނީ

އިލްޔާސްއަށް ފުރިޔަނުދީ ޕާސްޕޯޓު ހިފެހެއްޓި އިރު އިލްޔާސް ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާއަށެވެ.

ހިތަދޫގައި މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިލްޔާސް އަލްމަރުހޫމް އަފްރާސީމް އަލީގެ މަރުގެ މައްސަލާއި ގުޅިގެން ދެއްކެވި ވާހަކަތަކާއި ގުޅިގެން ފުލުހަށް ހާޒިރު ވުމަށް ވަނީ އަންގާފައެވެ. ނަމަވެސް އިލްޔާސް އޭރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އިލްޔާސް އައްޑޫއަށް ވަޑައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހުއެެވެ. އަދި އެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އިލްޔާސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.