Last Updated: May 4, 11:48
Saturday, May 4, 2024
ޚަބަރު

ބައެއް ރަށް ތަކުގައި ވޯޓުލާން މިހާރުވެސް ކިއު ހަދައިފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް މިހާރުވެސް ބައެއް ރަށްތަކުގެ ވޯޓުލާ މަރުކަޒު ކައިރީ ބައެއް މީހުން ކިއޫ ހަދައިފިއެވެ.

ވޯޓުލާން ފަށަން އަދި 24 ގަޑިއިރު އޮތް އިރު ހދ. މަކުނުދޫ އަދި ދ. ކުޑަހުވަދޫގައިވަނީ ކޯލިޝަން ސަޕޯޓަރުން ކިއު ހަދާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބިފައިވާ އިރު ވޯޓުލާ ގަޑިއަކީ މާދަމާ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބާއްވާ ތިން ވަނަ ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ، އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއެވެ.

މި އިންތިހާބުގެ ކެމްޕެއިންނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ވަޑައިގެންފައިވާ އިރު ރައީސް ޔާމީން ވަޑައިގެންފައިވަނީ މަދު ރަކަށެވެ. އެގޮތުން އެ އެމަނިކުފާން ވަޑައިގެންފައިވަނީ ރައީސްގެ ހައިސިއްޔަތުން ސަރުކާރުން ކޮށް ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކުރެއްވުމަށެވެ. ނަމަވެސް ކުރައްވަނީ ކެމްޕެއިންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިފަހަރުގެ އިންތިހާބު ޔޫރަޕިއަން ޔުނިއަން (އީޔޫ) އަދި އދ. ނުކުރާއިރު ބޭރު މީޑިއާތަކަށާއި އޮބްޒާވަރުންނަށް ވިސާ ނުލިބޭ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.