Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ވޯޓު ކުރިޔަށް ގެންދާނީ ނެރެފައިވާ ޕްރެސް ރިލީޒްއާއި އެއްގޮތަށް: އީސީ

ފޮޓޯ: ވީނިއުސް

ވޯޓު ކުރިޔަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ޕްރެސް ރިލީޒްއާއި އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދަވާ ނޫސް ކޮންފަރެންސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ކުރިޔަށްދާނެ ގޮތާއިބެހޭ ގޮތުން އެ ބޭފުޅުން ނެރެފައިވާ ޕްރެސް ރިލީޒްގައި މުހިއްމު މައުލޫމާތު ވާނެ ކަމަށެވެ. މީގެ ކުރީގައި އަމަލު ކުރަމުން އައި ގޮތާއި ޚިލާފަށް ހަމައެކަނި ކަމެއް ހިނގާނީ ގާނޫނަކުން އެކަމަކަށް ބަދަލެއް ގެނެވިފައިވާ ނަމަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިން ކުރާ ސުވާލުތަކަކީ ރޫމާސްތަކަށް ބިނާކޮށްފައި ހުންނަ ބޭސްލެސް ވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެފަދަ ސުވާލުތައް ކުރައްވަނީ ޓްވީޓާ އަދި އެފްބީ ފަދަ ސޯޝަލް މީޑިއާތަކުގައި އެކި ސިޔާސީ ފަރާތްތަކުން ދައްކާފައި ހުންނަ ވާހަކަ ތަކަށް ބައްލަވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވާހަކައަށް ޖަވާބު ދެއްވުމުގެ ގޮތުން ނޫސްވެރިއަކު ވަނީ އެފަދަ ވާހަކަ ތަކަކީ އާންމު ރައްޔިތުންގެ ޝަކުވާ ކަމަށާއި އެފަރާތްތަކުގެ ކަންބޮޑުވުންތައް ކަން ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ ވާހަކަތައް އާންމު ފަރާތްތަކުން އަންނަނީ އީސީއާއި ދޭތެރޭ އާންމުނަށް އިތުބާރު ނެތުމުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ، އެ ގޮތުން ނޫސްވެރިން އެ ސުވާލުތައް ކުރައްވަން ޖެހިވަޑައިގަންނަވަނީ އާންމުންނަށް އެކަންތައް އޮޅުން ފިލުވައިދެއްވުމަށާއި މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމަށްވެސް އެ ނޫސްވެރިޔާ ވިދާޅުވެއެވެ.

ވޯޓު ގުނާ މަރުކަޒުތަކަށް ވޯޓު ގުނާ މަރުކަޒުތަކަށް މީގެ ކުރިންވެސް އާންމުންނަށް ވަނުމަށް ޖާގަ ދެވޭ ފަދައިން މި ފަހަރު ވެސް ދެވޭނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އީސީން ވިދާޅުވީ މި އިންތިޚާބުގައި ވެސް ޖާގަ އޮތް މިންވަރަކުން ވޯޓު ގުނާ ވަގުތުގައި އާންމުނަށް ވޯޓުލާ މަރުކަޒަށް ވަދެވޭނެ ކަމަށެވެ.

ވޯޓުލުމަށް އެކިތަންތަނަށް މީހުން ރަޖިސްޓްރީ ކުރުމަށް ފަހު ވޯޓުލާން ދާއިރު އެމީހާ އެހެން ތަނަކަށް ބަދަލުވެފައި އޮތުންފަދަ ކަމެއް ހިނގައިފިއްޔާ ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ސުވާލު ކުރެއްވުމުން ޝަރީފް ވަނީ ވޯޓާސް ލިސްޓް ބަދަލެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެ ލިސްޓް ވަނީ ކެންޑިޑޭޓުން ސޮއި ކުރައްވާފަ ގެޒެޓް ކުރައްވާފައި ކަމަށާއި އެއަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެ ލިސްޓްގައި އޮތް ގޮތަށް އަމަލު ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.