Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޝެއިޚް އިލްޔާސްގެ ސަލާމަތަށް އެދޭ ބޭފުޅުން މާދަމާ އިބޫއަށް ވޯޓު ދެއްވާ: ޑރ.އިޔާޒް

ޝެއިޚް އިލްޔާސްގެ ސަލާމަތަށް އެދޭ ހުރިހާ ބޭފުޅުން މާދަމާ އިބޫއަށް ވޯޓު ދެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ.އިޔާޒް ވިދާޅުވީ މާދަމާގެ ވޯޓުން ޔާމީން މޮޅުވެއްޖެނަމަ، ޝެއިޚް އިލްޔާސްއާއި މެދުގައިވެސް ކަންތައް ކުރައްވާނީ ޝެއިޚް އިމްރާނާއިމެދު ވެސް ކަންތައް ކުރެއްވި ގޮތަށް ކަމަށެވެ.

"މާދަމާގެ ވޯޓުން ޔާމީން މޮޅުވެއްޖެނަމަ، ޝެއިޚް އިލްޔާސްއާއި މެދުވެސް ކަންކުރައްވާނީ ޝެއިޚް އިމްރާނާއިމެދު ކަން ކުރެއްވި ގޮތަށް. ޝެއިޚް އިލްޔާސްގެ ސަލާމަތަށް އެދޭ ހުރިހާ ބޭފުޅުން މާދަމާ އިބޫސޯލިހުއަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރަން" ޑރ.އިޔާޒް ވިދާޅުވިއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވިއިރު އަދާލަތު ޕާޓީގެ އިލްމުވެރިންގެ ރައީސް ޝެއިހް އިލްޔާސްގެ ޕާސްޕޯޓު މިއަދު ވަނީ ހިފަހައްޓައިފިއެވެ. އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓިކަން އެނގުނީ މިއަދު ހެނދުނު ގަމުން ސްރީލަންކާއަށް ފުރުމަށް އެއާޕޯޓަށް ދިއުމުންނެވެ. އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެފައިވަނީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ.