Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ރަތަފަންދޫ އިން ހައްޔަރުކުރި އެމްޑީޕީ ޒުވާނުން ދޫކޮށްލައިފި

ފުލުހުން މިއަދު ގދ. ރަތަފަންދޫ އިން އައިޑީ ކާޑު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީ ހަތަރު ޒުވާނުން މިނިވަން ކޮށްފިއެވެ.

ފުލުހުންގެ ބަހެއް މިމައްސަލައާ ގުޅޭ ގޮތުން ލިބިފައިނުވި ނަމަވެސް އެމައްސަލާގައި ފުލުހުންގެ ބަންދުގައި ބެހެއްޓި އެންމެން ދޫކޮށްލާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ފުލުހުން ހައްޔަރުކުރި ހަތަރު މީހުންނާ ދެކޮޅަށް ކުރި ތުހުމަތު އެރަށު ކައުންސިލުން ވަނީ ދޮގުކޮށްފައެވެ. އެމްޑީޕީ ކައުންސިލް މެމްބަރުން ބުނެފައިވަނީ އެމީހުން ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އެކްޓިވިސްޓުންތަކެއް އެމީހުންގެ އައިޑީ ކާޑު ގަންނަން ދިއުމުން އެކަމާ ދެކޮޅު ހެދުމުން އެވާހަކަ ފުލުހުން ކައިރީ ބުނުމުން ކަމަށެވެ.