މާދަމާ ބޭއްވޭ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހްގެ ރިޔާސީ ޕްރައިމަރީ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު އެއްވުމަކަށް ތައްޔާރު ވެއްޖެއެވެ.
މާލެއިން ރަސްފަންނުން ފަށާ މިއެއްވުން ހަވީރު ހަތަރަކުން ފަށާއިރު އަތޮޅު ތެރޭގައި ވެސް ހަމަ މިގަޑީގައި އެއްވުންތައް ފަށާނެ ކަމަށް އެމްޑީޕީން ވަނީ މައުލޫމާތު ދީފައެވެ.
އިދިކޮޅު އިއްތިހާދުން ވަނީ ވީހާވެސް ގިނަ ފަރާތްތަކުން މިއެއްވުމުގައި ބައިވެރިވެ ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނުމަށް ވަޑައިގަތުމަށް އެދިފައެވެ. އެއްވުމުން، މަގުތަކުން އަދި ގޭގޭ ދޮރާށިތަކާ ބެލްކަނި ތަކުން ވެސް ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ.