Last Updated: June 10, 11:53
Wednesday, June 10, 2026
ޚަބަރު

ސޯލްޓް ކެފޭ އަށް ފުލުހުން ވަދެއްޖެ

ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބުނެ ފުލުހުން ކޯޓު އަމުރަކާ އެކު އެ އިމާރާތަށް ވަދެއްޖެއެވެ.

އިބޫ ސޯލިހްގެ ކެމްޕޭނު އޮފީސް ހުންނަ އިމާރާތަށް ފުލުހުން ވަނީ ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ގެންދަނީ ކެމްޕޭނު ނިންމާލުމަށް ބޮޑު އެއްވުމަކަށް ތައްޔާރު ވަމުންނެވެ.

ފުލުހުން ކުރި ޓުވީޓެއްގައި އެ އިމާރާތުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.