Last Updated: June 10, 18:05
Wednesday, June 10, 2026
ވިޔަފާރި

ބޮޓްލިން ޕްލާންޓް ހަދާ ބިން ސާފު ކުރަން ފަށައިފި

ބޮޓްލިން ޕްލާންޓް ހަދާ ބިން މިއަދު ސާފު ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕީ.އެމް.އޯ ކުންފުނިން އައްޑޫގައި ގާއިމު ކުރާ ބޮޓްލިން ޕްލާންޓް ނުވަތަ ފެން ބަންދު ކުރާ ޕްލާނޓް ހަދާ ބިން ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މައްސަކަތް ކުރިއަށްދަނީ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ ވެހިކަލްތައް ކުއްޔަށް ހިފައިގެންނެވެ. ބޮޓްލިން ޕްލާންޓް ގާއިމު ކުރަން އާރްއޭއެފް ސަރަހައްދުގައި ހުންނަ އެސްޔޫއެލްގެ މަރުކަޒީ އިންޖީނުގޭގެ އުތުރުން އޮތްް ބިން ވަނީ ޕީ.އެމް.އޯ އަށް ދޫކޮށްފަ އެވެ.

ޕީ.އެމް.އޯ ކުންފުނިން އައްޑޫގައި ގާއިމު ކުރާ ބޮޓްލިން ޕްލާންޓަކީ 3.5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ އެޕްރީލް 28، 2013 ވަނަ ދުވަހު އެވެ.