ކ. މާފުށި ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޢުޘްމާން ހައްޔަރުކޮށްފައި ވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޟާއަށް ބިރު ދެއްކުމުގެ ތުހުމަތުގައެވެ. އަދި އުޘްމާނަކީ މުޖްތަމައަށް ހުރި ނުރައްކަލެއް ކަމަށް ބެލެވޭ ކަމަށާއި ރިޟާއަށް ނުފޫޒު ފޯރުވަން އުޅެދާނެ ކަމަށް ހިންމަފުށީ ކޯޓުގެ އަމުރުގައި ވަނީ ތުހުމަތު ކޮށްފައެވެ.
ނަމަވެސް މާފުށީ ކޯޓުން ވަނީ ޢުޘްމާން ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެބޭފުޅާ ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް ހޮނިހިރު ދުވަހުގެ އިރުއޮއްސި ހާކަންހާ އިރު އަމުރުކޮށްފައެވެ.
ޢުޘްމާން ދޫއްކޮށްލުމަށް ކޯޓުން އަމުރު ނެރެފައި ވަނީ ވޯޓުލާން 14 ވަރަކަށް ގަޑިއިރަށްވެފައި ވަނިކޮށެވެ.